ހަސަން ސާމީ،25 އަކީ މީގެ ދެ އަހަރު ކުރިން ޒަވާޖީ ހަޔާތެއް ފަށައިގެން ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ޒުވާނެކެވެ. ހަސަންގެ ދެމެފިރިން ހަޔާތަށް "ކަޅުވިލާތަކެއް" އަރައި އުފާވެރި ދިރިއުޅުން ބަނަކޮށްލީ މީގެ ނުވަ މަސްކުރިން ލިބުނު ހަބަރަކާ އެކުގައެވެ. ޒުވާނާގެ ދެ ކިޑްނީވެސް ވަނީ ފެއިލްވެފައިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ”ފުރަތަމަ ހީކުރީ މިއީ އާދައިގެ ކަމެއް ކަމެއް. ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރަން ޖެހުނު. މޭނުބައިކޮށް އާދަޔާހިލާފަށް ފާހަނާއަށްދާން ޖެހުނު. ކުޑަދޯލިކުރާއިރު ލޭކުލަވެސް ހުރޭ. ފަހުން ޓެސްޓު ހެދުމުން އެނގުނީ ކިޑްނީ ފެއިލްވެފައިވާކަން.“ ހަސަން ކިޔައިދިނެވެ. ހަސަން އާއި އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. ހަސަން އަކީ…