ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުނެގުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ ބައެއް ކުލަބުތަކުން އަލުން ގުރު ނެގުމަށް ޔުއެފާއަށް ގޮވާލުމާއެކު އެ އަލުން ބާއްވަން ޔުއެފާއިން ނިންމައިފިއެވެ
ޔުއެފާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގުރު އަލުން ނެގުމަށް ނިންމީ އެ ގުރު ނެގި ސޮފްޓްވެއާގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށާއި ގޯސްތަކެއް ހިނގާފައިވާ ކަމަށެވެ.
Following a technical problem with the software of an external service provider that instructs the officials as to which teams are eligible to play each other, a material error occurred in the draw for the UEFA Champions League Round of 16.
— UEFA Champions League (@ChampionsLeague) December 13, 2021
މި ގުރުނެގުމަށް ފަހު ކުލަބުތަކުން ވަނީ މި ގުރު އަލުން ނެގުމަށް ޔުއެފާއަށް ގޮވާލާފައެވެ. އަދި ޔުއެފާއިން ގޯސް ހެދިކަމަށް ބުނެ ޝަކުވާކުރި ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ މެޑްރިޑު ވިޔަރެއާލް ފަދަ ކުލަބުތައް ހިމެނެއެވެ.
ގިނަބަޔަކު ގަބޫލުކުރާ ގޮތުގަައި ޔުއެފާއިން ގޯސް ހެދީ މެންޗެސްޓަރ ޔުނައިޓެޑާއި ވުޔަރެއާލް ގުރު ނެގި ހިސާބުންނެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އޭޣެ ކުރިންވެސް ޔުއެފާގެ ސިސްޓަމުން ވަނީ ގޯސް ހަދާފައެވެ. އެވަގުތު އެތަނުގައި ކުލަބުތަކުން ނުރުހުން ފާޅުކުރި ނަމަވެސް އެ ވަގުތު ޔުއެފާއިން ވަނީ އެ ރަސްމިއްޔާތު ކުރިޔަށްގެންގޮސްފައެވެ
ޔުއެފާއިން މިގޮތަށް ނިންމައިފިނަމަ މިހާރު ކުރިމަތިލާން ޖެހޭ ޓީމުތަކަށް ބޮޑު ބަދަލެއް އަނެއްކާވެސް އަންނާނެއެވެ. މިހާރު އޮތް ގޮތުން ޕީއެސްޖީއާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރާނެ އެވެ
ޔުއެފާގެ މި ނިންމުމާއި އެކު މުބާރާތުގެ ގުރު އަލުން ނަގާނީ ރާއްޖެގަޑީން މިރޭ 19:00 ގައެވެ...
މުޅިން ސަކަރާތޭ ޗެލްސީ ގްރޫޕްގެ ދެވަނައަށް ގޮސްގެން އެންމެ ދަށް ޓީމާ ޖެހިފަ އޮއްވާ އަލުން ގުރުލާން ގެހުނީމަ.