(ހއ. އިހަވަންދޫ) މި ރަށު ރައްޔިތުން މި ރަށް ސިފަކުރަން ބޭނުން ވަނީ އިގްތިސާދީ މައިސާލެއްގެ ގޮތުގައެވެ. ރަށަށް ވިޔަފާރީގެ ބޭނުމަށް އަންނަ މީހުން ގިނަ ވުމާއި އެކި ސިނާއަތްތަކަށް ލޯހުޅުވިފައިވާ މަސައްކަތްތަރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް މިރަށް ވުމަކީ މި ރަށު ރައްޔިތުން އެކަމަކާ މެދު ނުހަނު ފަޚުރުވެރިވާ ކަމެކެވެ. މި ރަށަކީ ހީވާގި މަސައްކަތް ކުރަން ކެރޭ ބަަކު އުފަން ރަށެކެވެ. ޒަމާނުއްސުރެ މަސައްކަތްތެރި މުރާލި ރައްޔިތަކު ދިރިއުޅުނު މި ރަށުގައި އެންމެ އާއްމުކޮށް ކުރި އަދި ކުރަމުންދާ އެއް މަސައްކަތަކީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތެވެ. ހއ. އިހަވަންދޫގެ ވަށައިގެން ފެންނަން ހުރީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރާ ހަރުގެތަކެވެ. ރޭގަނޑާއި ދުވާލު…