ރައީސް ޑރ. މުހައްމަދު މުއިއްޒު، ރޭގައި ހިޔާ ސަރަހައްދަށް ވަޑައިގެން ޕޯޑިއަމްގައި ހުންނަވައި އެންމެ ގިނަ އިން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަޝްރޫއުތައް އޮތީ "ހުއްޓާލާފައި"، "މިސް މެނޭޖްކޮށްފައި"، ކުންފުނިތަކަށް އޮތީ "ފައިސާ ނުދީ" މިފަދަ ބަސްފުޅުތަކެވެ. އެއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ދޭތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ހުއްޓިފައި އޮތުމުން އިދިކޮޅުން ތަކުރާރުކޮށް އަމާޒުކުރާ ފާޑުކިއުންތަކާ ގުޅިގެންނެވެ. ވެރިކަން ބަދަލުވުމާ އެކުގައި ހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ދިޔަ މަޝްރޫއުތައް ކުއްލިއަކަށް ހުއްޓުމާ ގުޅިގެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުރުހުން އަމާޒުވީ ސަރުކާރަށެވެ. އިދިކޮޅު، އެންމެ ބޮޑު ޕާޓީ، އެމްޑީޕީން "އިނގިލި"ތައް ދިއްކުރަމުން…