"އަޅުގަނޑުގެ އުމުރުން މިހާރު މި ތިރީހަށް އެޅީ. ދުވަހަކު ވެސް އީދެއްގައި މާލެ މިހާ ރީތިކޮށް ދިއްލާލާފައި އޮތް ތަނެއް ނުދެކެން. އަނެއްކާ ތަކުބީރުގެ އަޑު އިވުނީމަ، ގައިން ހިމަ ބިހި ނަގައިގެންދޭ. ހަގީގަތުގައި ވެސް މާލެ އަށް އީދެއް އައި ކަމުގެ އިހްސާސް ކުރެވިއްޖެ." ސަލްމާން މިސްކިތް ސަރަހައްދު ބޭރުން ބޮޑުތަކުރުފާނު މަގުގައި ދުވާރު މަތީގައި އެއް އުމުރެއްގެ ގްރޫޕަކާ އެކު ކޮފީ ބޯން ހުރި ޒުވާން ފިރިހެނަކު ވާހަކަ ފެށިއެވެ. މާލޭގައި މީގެކުރިން ހަނދާނަށް އަންނަނީ ދައުލަތުގެ އެކިއެކި އިމާރާތްތަކުގައި އާއި އެހެނިހެން ބައެއް އިމާރާތްތައް އެކިއެކި މުނާސަބާއާ ގުޅިގެން ކުލަ ބޮލިތަކުން ދިއްލާލާ ތަނެވެ. މާލޭގެ މަގުތައް ތަކުބީރުގެ އަޑުން ގުގުމާލައި،…