އެއްޖިންސުން ގުޅުން ހިންގުމަކީ އެންމެ ފާހިޝް އަމަލުތަކުގެ ތެރެއިން އަމަލެކެވެ. އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެންމެ ހުތުރު އަމަލުތަކުގެ ތެރެއިން އަމަލެކެވެ. ރާއްޖޭގައި އެ ނުބައި ވަބާ އާންމުވާން ފެށި ފަހުން ދުވަސްތަކެއް ވެއްޖެއެވެ. ސިއްރާއި ފާޅުގައި އެކިއެކި މިންވަރަށް އެއްޖިންސުން ގުޅުން ހިންގާ މީހުން އުޅެއެވެ. ރަށްރަށުގައި އާޢި މާލޭގައެވެ. އެކަމަކު އެ ވަބާ ހުއްޓުވަން އެއްވެސް ސަރުކާރަކުން އެންމެ އެކަށޭނެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ބޮޑު ފާފައިގެ ނުބައި ނުލަފާކަން ހަނދާން އާ ކުރަން ޖެހެއެވެ. އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާތު ކުރުމުގެ ވާހަކަތައް އަނެއްކާވެސް ވައިގައި ހިފީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ ބޮޑެތި މަގާމުތަކުގައި ތިބި ފަރާތްތަކުގެ އިތުރުން…