Last Updated: May 30, 17:02
Monday, May 30, 2022
ޚަބަރު

ހުސް ތެޔޮ ތާނގީއެއް ކަފަނިކޮށް ގޮވައި ބަޔަކަށް އަނިޔާވެއްޖެ

ހުސްކޮށް ހުރި ތެޔޮ ތާނގީއެއް މިއަދި ފުވައްމުލަކުގައި އަނިޔާވި ބަޔަކަށް ފަރުވާދޭން ފަށައިފި އެވެ.

މިއަދު މެންދުރު ފަހު މި ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކުގެ ބަނދަރު ސަރަހައްދުގައި ހުންނަ ތެޔޮ ޝެޑް ކައިރީގަ އެވެ. މި ހާދިސާގައި ޒަހަމްވި ދެ މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ސީރިއަސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ބަންގްލަދޭޝް މީހަކަށެވެ.

ފުވައްމުލަކު ކައުންސިލުން ބުނެފައިވާ ގޮތުގައި ހުސްކޮށް ހުރި ތެޔޮ ތާނގީ ގޮވީ ގޭސް ކަޓަރަކުން އެ ކަފަނިކޮށެވެ. ގޮވި ތާނގީ އަކީ ހުސްކޮށް ހުންނަތާ ދުވަސްތަކެއްވެފައިވާ އެއްޗެކެވެ.

ނަމަވެސް ތާނގީ ގޮވަން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން މިހާރު އަންނަނީ މިކަން އިތުރަށް ބަލަމުންނެވެ.