ޔުއެފާ ކޮންފެރެންސް ލީގުގެ ފައިނަލްގައި ނެދަލެންޑްސްގެ ފަޔަނޫޑް އާއި އިޓަލީގެ އޭއެސް ރޯމާ މިރޭ ވާދަކުރާނެ އެވެ. އަލްބޭނިއާގެ ޓިރާނާގައި ހުންނަ އެއާ އަލްބޭނިއާ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. މިރޭގެ މެޗުގައި އެއް ކޮޅުން ވާދަކުރާ ރޯމާގެ ކޯޗަކަށް ހުރީ ޔޫރަޕުގައި ރަނގަޅު ރެކޯޑެއް އޮތް އަދި ކާމިޔާބު ވަނަވަރެއް އޮތް މަޝްހޫރު ހޯސޭ މޮރީނިއޯ އެވެ. މޮރީނިއޯ ވަނީ ޕޯޗުގަލްގެ ޕޯޓޯ އަށް ޔުއެފާ ކަޕާއި ޗެމްޕިއަންސް ލީގު، އިޓަލީގެ އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު އަދި އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މޮރީނިއޯ އަކީ ޔުއެފާ ކަޕް/ ޔުރޮޕާ…