އެއީ 1980 ގެ އަހަރުތަކުގެ ފަހުކޮޅެވެ. އޭރުގެ މިސްރު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރީ އަރަބި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ސިލްސާލައެއްގެ ވީޑިއޯ ކެސެޓެކެވެ. އެ ކެސެޓް ޓީވީ މޯލްޑިވްސްއަށް ލިބުމާއެކު އޭރު ޓީވީ ޓެކްނީޝިނައްގެ ގޮތުގައި މަސައްކަތް ކުރެއްވި އީސާ އިބްރާހިމްއަށް އޭރުވެސް އެއީ ދިވެހީންގެ ހިތްތައް ފަތަހަކުރާނެ ސީރީޒްއެއް ކަން އެނގުނެއެވެ. އަރަބި ބަހުން ވާހަކަ ދައްކާ އެ ސީރީޒްގައި އިނގިރޭސިން ސަބްޓައިޓަލު ހުރި ނަމަވެސް އެ ޒަމާނަކީ މާ ގިނަ ދިވެހީންނަށް އިނގިރޭސި އެނގުނު ޒަމާނެއް ނޫނެވެ. އެހެންވެ އީސައަށް ވިސްނުނު ގޮތުގައި އެ ސީރީޒް ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިން އަޑު އަޅައިގެން ގެނެސްދެވިއްޖެ ނަމަ މިއިން…