އުމަރު ނަސީރަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ރައީސް ކަމާއި ހަމައިން ސިޔާސީ މަސައްކަތް ފެއްޓެވި އުމަރަކީ އޭގެ ފަހުން ޑީއާރްޕީގެ ނައިބު ލީޑަރު ކަމާއި އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީ ޕީޕީއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މިހާރުގެ ގިނަ މީހުންނަށް އޭނާ ދަންނަނީ ކުރީގެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވަނީ އަމިއްލަ ދިރިއުޅުމުގެ މީގެ ކުރިން އާންމުންނަށް ނޭނގޭ އެތައް މައުލޫމާތެއް "ވަގުތު މައިޒާން" ޕްރޮގްރާމާ ހިއްސާ…