ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެދިގެން އައިސް މިއަދާ ޖެހެންދެން ވެސް އޮތީ އެކައްޗެއްގެ ގޮތުގައެވެ. އެންމެ ބޮޑު ޕާޓީއަށް އެ ޕާޓީ ވެގެން އައީ އެއް ފިކުރެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފަ އާއި އިރުޝާދުގެ ދަށުން ކަން ޔަގީނެވެ. އެކަމަކު، ޕާޓީގައި އެހެން ވެރިއެއް އުފެދި އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ. އެއާއެކު އެތެރޭގެ ވާދަވެރިކަމުގެ އަވައިގައި ޖެހި އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ބޮޑެތި ތުހުމަތުތައްކޮށް، ޕާޓީ "ފަޟީހަތްވާ" ހިސާބަށް ގޮސްފިއެވެ. އެމްޑީޕީ އުފެދިގެން އައީ ޑިމަކްރަސީގެ ރިވެތި ސިފަތައް ގެނެސް، ރާއްޖެ ފައްކާ ކުރުކުމުގެ ނިޔަތުގައެނެވެ. ލަންކާގައި ތިބެ، "ވަރުގަދަ" އަސާސީ…