ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭއެއް ނޯންނާނެ ކަމަށާއި ޒިނޭ ކޮށްފިނަމަ ދައުވާ އުފުލަން ޖެހޭނީ 2014 ވަނަ އަހަރު ފާސްކޮށްފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމީ ޒިނޭ ކުރި މައްސަލައެއްގައި ފިރިހެނެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެއް މެޖިސްޓްރޭޓް ކޯޓަކުން ބޭރުކޮށްލުމުން އެމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ އެމައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގައެވެ.
ދައުލަތުން ހައިކޯޓުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖިނާއި ޢަދުލުގެ ނިޒާމުގައި ޒިނޭގެ ކުށް ތަޖުރީމުކޮށްފައިވާ ގޮތަށް ބަލައި، އެ ޢަމަލު ތަކުލީފު ކުރާއިރު، ޒިނޭގެ ކުށުގެ ދެވައްތަރެއްގެ ކުށް ހިމެނޭކަމަށެވެ. ފުރަތަމަ ވައްތަރަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ ޙައްދުގެ ޢުޤޫބާތް ހިމެނޭ އެ ޢަމަލު ސާބިތުވުމަށް ކަނޑައެޅިފައިވާ ވަކި ކަންކަމެއް ސާބިތުވާންޖެހޭ އޮންނަ ޝަރުޢީ ޒިނޭގެ ކުށެވެ. ދެވަނަ ވައްތަރަކީ އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވާ ޝަރުޢީ ޢުޤޫބާތަށް ނުވާގޮތަށް ޒިނޭގެ ކުށަށް ޤާނޫނީ ޢުޤޫބާތެއް ކަނޑައަޅައި ބަޔާންކޮށްފައިވާ، އެ ކުށް ސާބިތުކުރުމަށް ޑީ.އެން.އޭ ފަދަ ޤަރީނާ ފުދޭ ޤާނޫނީ ޒިނޭގެ ކުށެވެ.
ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިމައްސަލައިގެ މުހިއްމު ޤާނޫނީ ސުވާލަކީ ޖިންސީ ކުށުގެ ޤާނޫނުގެ 68 ވަނަ މާއްދާ އެހެން އޮއްވައި ޖިންސީ ކުށުގެ ޤާނޫނުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އިސްނުކުރެވޭނެ ކަމަށް ބަޔާންކޮށް ކުރިމަތި ކުރި ސުވާލެކެވެ. އިސްތިއުނާފުކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަޔާންކުރާ ގޮތުން، މިދަޢުވާ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރެވިދާނެ އެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރަނީ، އެކަން އެހެން ނުކުރެވޭނެ ކަމަށާއި ދަޢުވާ ކުރަންޖެހޭނީ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ވަނީ ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ފުރަތަމަ އިޞްލާޙުގެ ދަށުން، ޖިންސީ ކުށުގެ ޤާނޫނު އެވަނީ، ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްކޮށްފައި ކަމަށެވެ. ވީމާ، ޖިންސީ ކުށުގެ ޤާނޫނުގެ 68 ވަނަ މާއްދާ އާއި ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) މިހާރު އޮތް ގޮތަށް އޮތުމުން، ޒިނޭގެ ކުށާއި ގުޅިގެން، ޕްރޮސިކިއުޝަނުން ޢަމަލު ކުރަންޖެހޭނީ، ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ ގޮތަށް ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ. ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ޒިނޭގެ ކުށާއި ގުޅޭ ގޮތުން ހުރި އުޞޫލުތައްވަނީ ޤާނޫނީ ގޮތުން ހުއްޓުމަކަށް އައިސްފައި ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ވަކިވަކި ޤާނޫނުތަކެއް ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި، ޒިނޭގެ ކުށް ބަޔާންކުރާ ޖިންސީ ކުށުގެ ޤާނޫނު ހިމަނާފައި އެބައޮތް ކަމަށެވެ. މިއިން އެނގެނީ، ކުށަކާއި ގުޅިގެން އޮތް އުޞޫލެއް ދެޤާނޫނެއްގައި އޮތް ނަމަ، އަބަދުވެސް ކޮންމެވެސް އެއްޤާނޫނެއްގައި އޮތް އުޞޫލު ރައްޔިތުންގެ މަޖިލީހުން އިސްކުރަމުން ދިޔަކަން ކަމަށާއި ޒިނޭގެ ކުށާއި ގުޅިގެން މިހިނދަށް އިސްކޮށްފައިވާ ކަމަށް ފެންނަން އޮތީ ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތައް ކަމަށް ހުކުމުގައި ވެއެވެ.
"ވީމާ، ޒިނޭގެ ކުށާއި ގުޅިގެން، އެއީ ޤާނޫނީ ޒިނޭއެކޭ މިއީ ޝަރުޢީ ޒިނޭއެކޭ ބުނެ، ޒިނޭގެ ކުށުގެ މައްޗަށް ދެޤާނޫނު މަސްހުނި ކޮށްގެން ކުށުގެ ޢަމަލުގެ ތުހުމަތުގައިވާ މީހާއަށް އޭނާގެ މައްޗަށް އަންނާނީ ކޮންބާވަތެއްގެ ޒިނޭއެއްގެ ކުށެއްކަން އަދަންދާޒާ ނުކުރެވޭ ފަދަ ނިޒާމެއްގެ ދަށުން ދަޢުވާ ކުރެވިދާނެ ކަމަކަށް ނުދެކެވެ." ހުކުމުގައި ވެއެވެ.
ހުކުމުގައި އިތުރަށް ބުނެފައި ވަނީ މި މައްސަލަ ހުށަހެޅުމުގައި، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ ވަނަ ނަންބަރާއި ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ތަފްޞީލު ކޮށްދިނުމުގައި ޕްރޮސިކިއުޝަނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ، ޕްރޮސިކިއުޝަނުން ޤަބޫލުކުރާ ގޮތުގައި، ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، "ޝަރުޢީ ޒިނޭ" ގެ ކުށުގެ ޢަމަލު ކަމަށާއި އަދި ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާން ކުރަނީ "ޤާނޫނީ ޒިނޭ" ގެ ކުށުގެ ޢަމަލު ކަމަށާއި މިއީ ޕްރޮސިކިއުޝަނުން ހަދައިގެން ދައްކާ ވާހަކައެއްކަމަށް ދެކޭ ކަމަށް ވެސް ހުކުމުގައި ވެއެވެ.
ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭއެއް ނޯންނާނެ ކަމަށް ހައިކޯޓުން ހުކުމް ކުރިއިރު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭ އޮންނާނެ ކަމަށް ވިދާޅުވެ ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައެވެ.
ދެން އަތްޖަހާ
ޝަރުޢީ ގޮތުން ޒިނޭ ކުރެވިދާނެތޯ؟ގާނޫނީގޮތުން ޒިނޭ ކުރެވިދާނެތޯ؟ސުބްހާނަﷲ މިފެންވަރުގެ ޕީޖީއެއް ބޯހަލާކު ފުރަތަމަ އިސްލާމީ ޝަރީޢާ މީނަޔަށް ދަސްކޮއްދީބަލަ ޝަރުޢީގޮތުން ބަދަލު ނަގައިދެވޭނެ މައްސަލަ ބެލޭނެ ޒިންމާ އަދާ ކުރެވޭނެ ކުއްޖަކު ބަފައަށް ލައްވަފާނެ ޙުކުމެއް އިއްވިދާނެ ޙުކުމެއް ބާތިލު ކުރެވިދާނެ މީހެއްގެ މައްޗައް ވާރުތަ އަރާފާނެ އެކަމކު ޒިނޭއެއްނުކުރެވޭނެ ޒިނޭ ކިޔަނީ ޙަރާމް ގޮތުގަ ހިންގާ ގުޅުމަކަޢް މިސާލަކަށް ގަދަކަމުން މީހަކާއެކު ބަދުއަޚްލާގީ ޢަމަލެއް ހިންގައިގފި ނަމަ އެއަށްވެސް ކިޔާނީ މީހެއްގެ ނުރުހުމުގަ ޢިއްފަތްތެރިކަން ފޭރުނީއޭ ނުވަތަ ޒިނޭ ކުރީއޭ ރުހުނަސް ނުރުހުނަސް އަންހެނަކާ އެކީ ގުޅުން ހިންގައިފި ނަމަ އެވާނީ ޒިނޭއަށް
އެންމެ ގިނަ ކޮމެންތް ލިބޭނެ ސުރުހީ މީ.ވަރަށް ދިވެހިން ފޯރި ހުންނާނެ
ޒިނޭ ކޮށްފިނަމަ ދައުވާ އުފުލަން ޖެހޭނީ 2014 ވަނަ އަހަރު ފާސްކޮށްފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ ދަށަކުންނެއް ނޫން.
ދައުވާ އުފުލަން ޖެހޭނީ ﷲ ގެ ގާނޫނުގެ ދަށުން.
ބޮން ގޮއްވާލުމާ ގުޅޭގޮތުން ފިނިފެންމާ ދޯންޏަކާއި ފިނިފެންމާ ލޯންޗަކާ އޮންނަ ވާހަކައެއްވެސް ކިޔާއުޅޭ. މީގައިވެސް އޮންނަ އަސްލުގޮތް އެނގެން ބޭނުން.
މީކޮންގައުމަކުން ކިޔަވައިގެން ހުރި ޕީޖީއެއް ގާނޫނީ ޒިނޭއާއި ޝަރުއީ ޒިނޭއަކީ ކޮބާ މިއީ ކަލޭގޯތި ބަދިގެ އުދުނުން އެއްޗެއް ކަށްކައިގެން ފެނުނު ޒިނޭތަކެއްތަ .
ﷲ އެންގެވި ގޮތަށް ކަނޑައެޅީމަ ހުންނާނީ ރަނގަޅަށް. އެއްވެސް އިންސާނަކަށް ބާރެއް ނެތް ﷲ އެންގެވިގޮތްނޫންގޮތަކަށްހުކުމްކުރާކަށް.
ޒިނޭ ވާނީ ޒިނޭ އަށް، އެއީ ޤާނޫނީ ވިޔަސް ޝަރުޢީ ވިޔަސް އަދި އަމިއްލަ ވިޔަސް.... ޒިނޭ އާއި އެކަމުގެ އަދަބުތައް އިސްލާމީ އެންމެ ބޮޑު ޤާނޫނޫ ގައި އެވަނީ ލިޔެވިފައި.
"ޒިނޭ އަކީ ހިތާނު ކުރީމާ ޒަކަރުން ފާޅުވާ ހިސާބު ފަރުޖައްވެއްދުން " (ތައުލީމް ދިޔާނާ - ޢަމީނު ދީދީ - )
ޒިނޭކުރުމުގެ ކުރިން އެއަންނަ ކަންކަމަކީ ފާހިޝް ޢަމަލުތަށް އެއީ ޒީނޭކުރަން މަގުފަހިވާ އެންމެހައި ޢަމަލު އެއީ ތައުޒީރި އަދަބު ދެވިދާނެ ކަންކަން !
ތިޔަށް ކިޔަންވީ ފަންސުރު ޒިނޭ އާއި އުންސުރު ޒިނޭ... ކޮންފަދަ ނޮހޮރުއްޕާނެއް! ތިކަހަލަ ފާޑު ފާޑުގެ ނަންނަމުގައި ކީރިތި ޤުރުއާނާއި ރަސޫލާގެ މަތިވެރި މަގާސިދުތައް މުޅި ޝަރުޢީ ނިޒާމުން ބޭރުކޮށްފި. އެހެންވީމާ ޝަރުޢީ ނިޒާމު މިދަނީ ވަރަށް ނުރައްކާތެރި މިސްރާބަކަށް. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.
އެއީ ތިވާ ގޮތަކީ. ޝަރުޢީ ރިބާ ނޯންނާތީ ޤަނޫނީ ރިބާ ހުއްދަކޮށްގެން އުޅެނީ. އެކަމަކު ތިކިޔާ ޤަނޫނީ ޒިނޭޔަކާ ރިބާއަކަށް ނުބެލޭނެ ދުވަހެއް އަންނަކަށް ހަދާންބަހައްޓާތި. އެދުވަހުން ހިލާ ތިއިން އެކަކުވެސް ސަލާމަތްނުވާނެ. ޝަރުޢީ ޒިނޭ ދޫކޮށް ޤާނޫނީ ޒިނޭއަށް ހުކުމްކުރި މީހާވެސް ސަލާމަތްނުވާނެ.
ތިޔަޝަމީމަކީ އަމިއްލައަށް ތިމާވަރުގެ މީހެއް ނެތްކަމަށް ދެކިގެން އުޅޭ ލާދީނީ މީހެއް. އިސްލާމްދީނުގައި ވައްތަރު ވައްތަރުގެ ޒިނޭ އެއް ނޯންނާނެ. އޭނާގެ ލާދީނީ ފިކުރުގައި އޮންނަ ޒިނޭތަކެއް އެއީ.
ޒިނޭގެ ވައްތަރެއްދޯ އުންސުރަކީ ކޮންޤާނޫނީ ޒިނޭއެއް ޒިނޭވާނީ ހަމަޒިނޭއައް