ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ އުފަން ދުވަސް އިންޑިއާގެ ތާޖް މަހަލް ކައިރީގައި ފާހަގަކޮށްފިއެވެ.

ކައިޒީންގެ އުފަން ދުވަހަކީ މިއަދެވެ. އުފަން ދުވަހާ ދިމާކޮށް އޭނާ ދަތުރުކޮށްފައި ވަނީ އިންޑިއާއަށެވެ. އިންޑިއަން ސްޓައިލްގެ ދެ ހެދުމެއް ލައިގެން ތާޖް މަހަލް ކައިރީގައި ނަގާފައިވާ ފޮޓޯތައް ވަނީ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފައެވެ. އަދި ގިނަ ބައެއްގެ ތަރުހީބު ފޮޓޯތަކަށް ވަނީ ލިބެން ފަށައިފައެވެ.

ކައިގެ އުފަންދުވަހުގެ ކޭކްވެސް އެތަނުގައި ވަނީ ފަޅައިފައެވެ.

އެތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތުމުން ތާޖް މަހަލް ހުންނަ ސަރަހައްދަށް ކާ އެއްޗެހި ވެއްދުން އޮންނަނީ މަނާކޮށްފައެވެ. އެކަމަކު، ކައިއަކީ އެ ފުރުސަތު ލިބުނު މަދު މީހުންގެ ތެރެއިން އެކަކެވެ.

ކައިގެ ކޭކް ހުރީ ކަޅު ކުލައިގައި ހަ ލޭޔަރުގައެވެ. އެ ކޭކް ތައްޔާރުކޮށްފައި ވަނީ ވީހާވެސް ތާޖް މަހަލްއާ ގުޅޭ ކަހަލަ ގޮތަކަށެވެ. އެއް ފޮޓޯގައި ކައި ތާޖް މަހަލްގައި ބޭނުން ކުރާ ކަނޑިއެއް ހިފަހައްޓައިގެން ހުރެއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކައިގެ އުފަން ދުވަސް މިދިޔަ ފަހަރު ވެސް ފާހަގަ ކުރީ ވަރަށް ކުލަ ގަދަކޮށެވެ. އެގޮތުން އޭނާގެ އުފަންދުވަސް ދުބާއީގެ ބްރުޖް ޚަލީފާގައި ވަނީ ފާހަގަކޮށްފައެވެ.

މަޝްހޫރު މޮޑެލްގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ފަހަރު ވެސް ވަނީ ބޮޑު ކޭކެއް ފަޅާފައެވެ. ކައިޒީންގެ އުފަން ދުވަހަށް އޭނާ ހުރީ ހާއްސަ އަރަބި ސްޓައިލެއްގެ ހެދުމެއްގައެވެ.

ކައިޒީންއަކީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބަޔަކު ދަންނަ އެއް މޫނެވެ. ކައިގެ އިންސްޓަގްރާމްގައި 137،000 އަށް ވުރެ ގިނަ ފްލޯވަރުން އެބަތިބިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ތުން ތުނާ

    ހެޕ ބާތުޑޭ

    1
    14
  2. ސަހާދަތް

    ދުނިޔޭގެ ޒީނަތްތެރި ކަމުގައި ޖެހިފައި..މަރުވާނެ ދުވަހެއްވެސް އަންނާނެކަމަށް ވިސްނަބަލަ.. ތިހިރަ ބޮޑާވެރިކަމާއި ކިބުރުވެރިކަމުގެ ނަތީޖާ އާޙިރުގައި ލިބޭނެ..އެއިރުން ވަގުތުވާނީ ފާއިތުވެފައި..މީނާގެ ފޮޓޯ އަށް ތަރުހީބު ލިބެނީ ކީއްވެގެންކަން އެންމެންނަށް ވެސް އިނގޭ

  3. ޟަޒް

    ޢެއި ތަޖްމަހަލް ކައިރި ހުރި އެހެން ޕެލެސްއެއް.

    11
  4. ހާމިދު ޝާޙިދު

    އަޅެ ކައިޒީންނަށް ހަރަދު ކުރަނީ ކާކުބާ. ރާއްޖޭގެ ސެލެބްސް އަށްވެސް ހޮލީވުޑްް / ބޮލީވުޑް ސެލެބްސް އަށް ލިބޭވަރުގެ ޢާމްދަނީއެއް ލިބެނީތަ އަޅެފަހެ. ހާދަ ފައްކާ ކަމެކޭ އުތާ! ހުރިހާ ކުދިންނަށް މިކަން ދަސްކޮށްދޭންވީ.

    15
    1
  5. މިތުރާ

    ޢަސްލު 😅 ދެންކިހިނެތްވީ؟🤔 ،

  6. ޖުލައި

    ތާޖްމަހަލްގެ ސެކިއުރެޓީ ވަރުގަދަވެފައި އެތާގެ ކައިރީގައި ކާއެއްޗެހި ގެނައުމުގެ ހުއްދަ ލިބުނު މަދު މީހުންގެ ތެރޭގައި ކައިޒީން ހިމެނުނީ ރާއްޖޭގެ ސަރުކާރުގެ އިސްވެރިންގެ ސަބަބުން ތީނާ އަކީ ސިޔާސީ އިސްފަރާތް ތަކާއި މުއްސަނދި ވިޔަފާރިވެރިންނާއި ގުޅުންބޮޑު އަންހެނެއް ވަރަށް ނުފޫޒުގަދަ..

    12
    1
    • ފާތުމަ

      އއ އައޑީގެ ގުޅުން އަދިރި ގުޅުން ލަދުނުގަން ކުދިން ގުޅު ހުންނާނީ އެހެން

  7. މއކ

    ސްޓޮޕް މޭކިން ސްޓުޕިޑް ޕީޕަލް ފޭމަސް

    35
    1
  8. ކުޅަދާނަ އިންޓަލް

    ޖޯޑަންއާއި މައްސަލަ ޖެހުނީ ވެސް އޭނަޔަށް ވަގަށް އަޑިން މަހުޖަނުންނާއި ގުޅުން ބާއްވާ ސަކަރާތްޖަހާތީވެ..ލާރިއާހެދު މޮޔަވެފަވާ އަންހެނެއް
    ދުޢާއަކީ ތިއަންހެނާއަށް ދުނިޔޭގެ ލައްޒަތާއި އަރާމު މުއްސަނދި ދިރިއުޅުން ދެއްވުން. ތިކަހަލަ
    މީހުންނަށް ލިބޭނީ ދުނިޔެ..

    13
    1
  9. ބަފާކަލޭގެ2

    ތާޖްމަހަލް އަށްވެސް ތި އެރުވީ ހުތުރު

    26
    2
  10. އައްޑޫ ލެއި

    މަރުވުމުން ވަޅުލާނީވެސް ތާޖްމަހަލްގަ

    23
  11. އިބްރާހީމް

    މިއަދު ތިޔަހެން އުޅޭއިރު ތިމާ މާދަމާ އޮންނަ ކުޑަކުޑަ ވަޅުގަނޑާމެދު އެންމެ ފަހަރަމު ވިސްނާލާތޯ؟ ނޫސްތަކުގައި އާއި އިންސްޓަރ ގްރާމްގެ ފްލޯވަރުން މާދަމާ ގެ އަޒާބުން ސަލާމަތް ކުރަން އަންނާނެތޯ؟ ޔާﷲ މިފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާދޭވެ.އާމީން.

    12
  12. ވަގުތު

    ރައްޔިތުން ލިޔާ ކޮމެންޓް ތައް ކައިޒީން އާއި ދެކޮޅަށް ހުރުމުން ވަގުތު ނޫހުން ސުރުހީ ކޮންމެ ފަހަރަކު ބަދަލުއެބަކުރޭ އެ ކޮމެންޓް ތައް ނުދައްކަންވެގެން

    13
  13. ިމުހައްމަދު

    ބުއްދި ފަސްވެފައި ހަމަ މަގުން މީހާ ކައްސާލީމާ މީހާ ހުންނާނީ ބުއްދި ރަންވެފައި.

    24
  14. ހުސޭނުބޭ

    އިންޑިޔާ ސްޓައިލް ދެ ހެދުމޭ......... އަމައްޔާތް. އިންޑިޔާއަށްވެސް ހުތުރު

    25
  15. ހަސަން އަލީ

    މީނައަކީ ކޮންގޮތަކުން މަޝްހޫރު މީހެއްތޯ؟

    21
    • Anonymous

      ވަގުތު ނޫހާ މިހާރު ނޫހާ ހެދި މަޝްހޫރުވި މީހެއް

    • ފާތުމަ

      އއ އައ އުރަ ދެ އްކިވަރަކަށް މަޝަޙޫރު ވާނެ ނިވާކަން ކުޑަވި ވަރަކަށް ފުރުސަތު ބޮޑުވާނެ

  16. އަހުސަން

    ވަރަށް ޗާލު މިކަހަލަ ބަހެއް ބުނުންނޫންގޮތެއް ނެތް...އެއިރުން މިލިޔުނު ކޮމެންޓް މިތަނަށް އަރުވާނީ ވަގުތުގެ ކުދިން..ސިޔާސީ މީހުން މެންބަރުން ނޫނީ ރައީސް ކިޔައިގެން ފާޑުކިޔާފައި ހުންނަ ކޮމެންޓް ތައްވެސް މިޔަށްއަރުވާ...އެކަމަކު ކައިޒީންވީމަ ކިހިނެށްބާމިވަނީ؟؟؟

    11
  17. ހިޔާލު

    ކައިޒީން ލާރި ހޯދަން ކުރާ "މަސައްކަތް" ވެސް ކިޔުންތެރިންނަށް އެނގޭނެހެން ރިޕޯޓެއް ލިޔަންފެނޭ

    22
    1
  18. ބައިޑަން

    މިމަންޖެ އާމްދަނީ ހޯދަން ކުރަނީ ކޮންޒާތެއްގެ މަސައްކަތެއްތޯ ބަލާލަދީބަލަ. މިހާ މުއްސަނދި ދިރިއުޅުމެއް އުޅެވޭނީ ގައިމު ވަރަށް ގިނަ ފައިސާ ލިބިގެން.

    15
  19. Anonymous

    ފޭނުންގެ ޢަދަދު ވ. ގިނަ
    ކައްވަޅުގައި އެކަނި. ﷲއަށް ބިރުވެތިވެ މުސްލިމު ކަނބަލުން ގޮތަށް ހެދުން އަޅާލާ ދުނިޔޭގެ ދަޅައަށް ނުހެއްލި ރީތި ދިރިއުޅުމެއް ފެށިއްޔާ މާރަނގަޅު ވާނެ
    މަރު ބައްދަލު ކުރާނެ. ތިބާއާއި އަހަރެން ނަންވެސް ހެޔޮވިސްނުން ދެއްވާށި އާމީން

  20. ޕުޓިންގު

    ހަވަރު ތުންފުސެކޭ މަށަކު ނުބުނާނަން..............އަކީ އޭނާ........ރަސިޔާ އަށް ޖައްސާބަލަ ކުރެމްލިންގ ގަ ފޮޓޯ ނަގާލަން..........

  21. ާައާނަ

    ދުއާ އަކީ މީނަޔަށް ހެޔޮވިސްނުން ދެއްވައި މުޖުތަމައުގައި ފަސާދަ ފެތުރުން ހުއްޓާލައި ހެޔޮރަނގަޅު އަމަލުކުރުން މަތީ އެންމެ ފަހުގެ ބާތުޑޭ ވެގެން ދިޔުން.. ކުދިންނޭ ހަގީގީ އަސްލު ބުލެސިންގ އަކީ އެއީ

  22. ޝަހީނާ

    ތީނަ ރުފިޔާ ހޯދަނީ ހަށިގަނޑު ވިއްކައިގެން ކަމަށް އަޑުތައް އިވޭ. މަންމަޔަށް ވެސް އޭގެ 25% ދޭ ކަމަށް ވަނީ

  23. ސާދުނާ

    ކުދިން ވަރައް މުއްސަނދިވާނެ، ޑިއުޓީ ބޭނުން އިރަކު ފެށިދާނެ، ނިއްމާލަން ވީމަ ނިންމާލަންވީ، ދުވާލަކައް މަދުވެގެން 4 ގަޑިއިރު 12000 ރުފިޔާ
    މަހަކު 360000 ރުފިޔާ މަދުތަ

  24. Anonymous

    ފައިސާ ހޯދިގޮތް ބަލާނެ ކަމެއްނެތް. ތީ ފައިސާ ޗާޕްކުރާ މެޝިނެއް. ބަލާލީމާވެސް އެބައެނގޭ މެޝިނެއްކަން. މި ރަމަޟާންމަހު ތިއެތި އެންމެ ރޯދައެއްވެސް ހިފާނެ ކަމެއް ނޭނގޭ.