Last Updated: March 30, 10:46
Wednesday, March 30, 2022
ޚަބަރު

ކާމިޔާބު ފާހަގަކުރަން ޔާމީން ކުރެންދު އަށް

ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުން ފާހަގަކުރުމަށް މިރޭ އެ ރަށުގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެންދޫ އަށް މިއަދު ވަޑައިގެންފި އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އިސްމާއީލް މަދީހު އެވެ. އޭނާ ވަނީ 614 ވޯޓު ހޯދާފަ އެވެ. މަދީހު އާއި މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ އަލީ ނަސީމަށް ލިބިފައިވަނީ 564 ވޯޓެވެ.

މިއަދު ހަވީރު ޔާމީން ކުރެންދޫ އަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ވަނީ ކުރެންދޫގައި ދެ މަޝްރޫއުއެއް ފަށައި އިތުރު މަޝްރޫއެއްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލާފަ އެވެ.

މި އިންތިހާބުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެންދު އަށް ވަޑައިގަތެވެ.