Last Updated: March 29, 18:55
Tuesday, March 29, 2022
ޚަބަރު

ސްޕޯޓްސް ކޮމްޕްލެކްސް ޕްރޮޖެކްޓަށް ބަދަލުތަކެއް

ރާއްޖޭގެ އަށް ރަށެއްގައި ޔޫތު މިނިސްޓްރީން ހަދަން ނިންމާފައިވާ އިންޑޯ ކޮމްޕްކްސްގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނެސްފައިވާތީ އެ ބަދަލުތަކާ އެކު އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫގެ ފޭދު އާއި މީދޫ ވެސް ހިމެނޭ މި ޕްރޮޖެކްޓްގައި ދެން ހިމެނެނީ އއ. އުކުޅަހާއި ފުވައްމަލަކާއި ލ. ގަމާއި ޅ. ނައިފަރާއި ރ. އަލިފުއްޓާއި އެ އަތޮޅު ދުވާފަރެވެ. މި ރަށްރަކުގައި އިންޑޯ ކޮމްޕްލެކްސް ހަދާނެ ބަޔަކު ހޯދަން މި މަހުގެ ކުރީކޮޅު ހުޅުވި ބީލަމަށް ގެނައި ބަދަލަކީ ބައެއް ރަށްރަށުގެ ކޮމްޕްލެކްސްގެ ބިޑް ސެކިއުރިޓީ އަށް ހުށަހަޅަން ޖެހޭ ފައިސާގެ އަދަދު އިތުރުކުރުމެވެ.

އެގޮތުން ކުރިން ފޭދު އާއި މީދޫގެ ކޮމްޕްލެކްސްތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000ރ. ހުށަހަޅަން ޖެހޭ ގޮތަށް އޮތަސް ފޭދު އާއި ފުވައްމުލަކާއި ގަމާއި ނައިފަރުގެ އިތުރުން ދުވާފަރުގެ ބިޑް ސެކިއުރިޓީ މިހާރު ވަނީ 65،000ރ. އަށް ބޮޑުކޮށްފަ އެެވެ.

މި ބަދަލާ އެކު އަލުން ބީލަން ހުށަހަޅަން މިހާރު ދީފައި އޮތް ސުންގަޑި އަކީ އަންނަ މަހުގެ 21 އެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މަހުގެ 19 އާ ހަމައަށެވެ.

އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހަދަން ހިންގާ މި މަޝްރޫއު އެންމެ ފުރަތަމަ ބީލަމަށް ލީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެކަމަކު ފަހުން ބީލަން ކެންސަލްކޮށްފައިވެ އެވެ. އަދި އަލުން ހުޅުވާލައި ބީލަން ހުށަހަން ދިން ސުންގަޑި އަކީ މި މަހުގެ 28 އެވެ.