"ވޯޓަކީ އަމާނާތެއް، ވޯޓަކީ އަމާނާތެއް،" އިސްލާމީ ވަތަނީ ފިކުރު ކަމަށް ވަކާލާތު ކުރެވޭ ފިކުރުގައި ފެށުނީއްސުރެން ދެމިހުންނެވި މޫސާ ފަތުހީ އާދަމް ތަކުރާރުކޮށް ވިދާޅުވާ އެއް ވާހަކައަކީ މިއީއެވެ. ފަތުހީއަކީ ކޮން ބޭފުޅެއް ކަން ށ. މަރޮށި، އެ އަތޮޅު ފޯކައިދޫ، އަދި ކޮމަންޑޫގެ ރައްޔިތުންނަށް އެނގޭނެއެވެ. އޭނާއަކީ ހިންގުމުގެ ދާއިރާއާއި ލާމަރުކަޒީ ހަޔާތެއް އޮތް ބޭފުޅެކެވެ. ސަރުކާރުގެ ވަޒީފާއެއް ފުރަތަމަ އަދާ ކުރެއްވީ 1986 ގައެވެ. އެއީ ކޮމަންޑޫ ކުޑަކަތީބު ކަމެވެ. އޭގެ ފަހުން އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ، އަތޮޅުވެރިޔާ މުއާވީންގެ މަގާމުން ފެށިގެން ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވިއެވެ. ސަރުކާރުގެ އިސް ވުޒާރާތުގައި ސިޔާސަތު ކަނޑައެޅުމުގެ ތަޖުރިބާއާ ހަމައަށް…