(ހއ. ކެލާ) ގުދުރަތީ ރީތި ކަމުން ފުރިގެންވާ ކެލާއަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް ބޮޑަށް ވިދާލާފައިވާ ރަށެކެވެ. ފަތުރުވެރިންގެ މެދުގައި މި ރަށް އެންމެ ބޮޑަށް މަގުބޫލުވީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ގެސްޓް ހައުސް އެޑިޝަންގެ "ލީޑިން ބީޗް އައިލެންޑް އެވޯޑު" ހާސިލްކޮށްފައި އޮތުމުންނެވެ. މީގެ އިތުރުން ރަށުގައި ހުރި އިހުގެ އިނގިރޭސީންގެ ހަނދާން ތަކަކަކީ ވެސް ދިވެހިންނާއި ފަތުރުވެރިން އެ ރަށަށް ޒިޔާރަތް ކުރާ އެއް ސަބަބެވެ. ކެލާގެ ހުކުރު މިސްކިތް ނެގުމަށް ފަހު، އިހު ޒަމާނުގެ ގިނަ ބައެއްގެ ލޯ އަމާޒުވެފައިވާ އެއްތަނަކަށް ވެފައި އޮންނަނީ ރަށުގެ ނަމުން ނަމަ "ލިލީ ހައުސް" އަށެވެ. ނަމަވެސް…