އައިޝަތު ޝަރުފާ އުޅުނީ ރޯގާ ޖެހިގެންނެވެ. ރޯގާއިން ސަލަމަތްވުމަށް އޭނާވެސް މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހަވީރު ފަސް ލީޓަރުގެ ތާޒާ ފެންފުޅިއެއް ކަފާލައިގެން އެއަށް ހޫނުފެނާއި ކޯރާޑި ތެޔޮ އެޅިއެވެ. އޭގެން އާވި އަރުވައިގެން ރޯގާ ރަނގަޅު ވޭތޯއެވެ. އެކަމަކު އެ ހޫނު ފެންތަށީގެ އަސަރު ޝަރުފާއަކަށް ނުކުރިއެވެ. އޭގެ އަސަރާއި ދިލަ ހޫނާއި، ތަދާއި ވޭން އިހުސާސް ކުރީ އޭނާ އާއި މުހައްމަދު ވަހީދަށް މިދިޔަ އަހަރު ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ބޮޑު ދަރިފުޅު ކަމަށްވާ އައިރީން މުހައްމަދު އަށެވެ. ޝަރުފާ އެ ހޫނު ފެންތަށި މޭޒުމަތީގައި ބަހައްޓާފައި އެނބުރުނީ ސިންކު ކައިރިއަށެވެ. މޭޒު މަތީ ތަންކޮޅެއް…