މިއީ "ފެކްޓް" އެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދު ކަން އޮތް ގޮތެވެ. އެއް ސިޔާސީ ޝަޚްސިއްޔަތަކަށް ގިނަ ބަޔެއްގެ ތާއީދު އޮތް ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. މީގެ ހަތް އަހަރެއްހާ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮތް "އިންތިޚާބީ ޓްރެކް ރެކޯޑް" އެނބުރެމުން އަންނަނީ، ރައީސް ޔާމީނާ ދިމާއަށެވެ. ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބުގައި ނަޝީދު އެކަނި ނުކުމެ ލައްކައަކާ ގާތް ކުރާ އަދަދަށް ވޯޓު ހޯއްދެވިއެވެ. ހަމަ އެހާ އަދަދަށް ދެހާސްއަށާރައިގެ އިންތިޚާބުގައި ޔާމީން ހޯއްދެވިއެވެ. މި ސަރުކާރު އެކުލެވުނު ފަހުން، ޔާމީން ފާހަގަ ކުރެއްވި ގިނަ ކަންކަން ދިމާވަމުން ދިއުމާއެކު، އެމަނިކުފާނުގެ "ފިޔާތޮށި ލަޝްކަރު" ބޮޑުވަމުން ދިޔަ ކަން…