ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭ ގޮތުން އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަދި އިދިކޮޅު ހިޔާލުގެ މީހުން ވެސް އެއްބަސްވާ އެއްކަމެއް އޮވެއެވެ. އެއީ އެމަނިކުފާނަކީ ގޮތެއްގައި ހުންނަވާ ބޭފުޅެއް ކަމެވެ. ނިންމަވާ ގޮތެއްގައި ހިފަހައްޓަވާ، އެއީ ރަނގަޅު ގޮތްކަން ސާބިތުކޮށްދެއްވާނެއެވެ. މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމާއިއެކު ފަސްއެނބުރި ބަލާލާއިރު އަނެއްކާވެސް ފެންނަނީ ޔާމީން ހިފަހައްޓަވާ ގޮތެއްގައި ދެމިހުންނަވާ ކަމާއި، އެގޮތް ބަދަލު ކުރެވޭނެ ހަމަ އިތުރު އެއްވެސް ގޮތެއް ނެތް ކަމެވެ. ޔާމީން މިއަދު ޖަލު ހުކުމުން މިނިވަންވިއިރު އެމަނިކުފާނަކީ ރައީސްކަން ކުރެއްވި ފަހުން އެންމެ ގިނަ ދުވަހު ޖަލު ބަންދުގައި ހޭދަކުރެއްވި ރައީސް އަށް ވަނީ ވެފައެވެ. މަނީ ލޯންޑްރިންގެ ތަހްގީގު ފެށުމާއިއެކު…