ފުރަތަމަ އެންމެން ވެސް އޭނަ ދަންނަނީ ކުރީގެ ރައީސެއްގެ ދަރިކަލުންގެ ގޮތުގައެވެ. ދެން ފެނުނީ މަޑުމައިތިރި އެ ޝަޚްސިއްޔަތުގެ "ކެރުންތެރި" ކަމެވެ. އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. މަޖިލީހުގައި ހިނގަމުން ދިޔަ އެތައް ގޯހެއްގެ ވާހަކަތަކާއެކު ނުކުންނެވީއެވެ. އަމިއްލަ ޕާޓީގެ ވެރިންނާއި މެންބަރުންނަށް ދައްކަވަން ނުކެރި ހުރި ވާހަކަތަކެވެ. އެ ވާހަކަތައް ދައްކަވަން ފެއްޓެވީ އަހްމަދު ފާރިސް މައުމޫނެވެ. މަޖިލީހުގައި ހޭދަކުރެއްވި ތިން އަހަރަކީ ގޮންޖެހުންތައް ގިނަ ތިން އަހަރެވެ. ސިޔާސީ ޝަޚްސިއްޔަތަކު ކުރިމަރާލާނެ ކޮންމެ ކަމެއްހެން ފާރިސް ތަޖުރިބާ ކުރެއްވިއެވެ. އަމިއްލަ ޕާޓީގެ ލީޑާޝިޕްގެ އަމަލުތަކާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވީއެވެ. އޭގެ ބަދަލުގައި ހުރަގޭގައި ބަންދު ވެސް ކުރިއެވެ. ފާރިސްގެ މައްޗަށް ސީރިއަސް…