ޑޮކްޓަރުން ލަފާދީފައިވާ ޓެސްޓުތަކެއް ހަދަންވެގެން، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކުއްޖާ މާލެ ގެނައީ އެމެޖެންސީގައެވެ. އުފަންވިއިރު ވެސް ބައެއް ގުނަވަންތައް ފުރިހަމައަށް ނުއުފެދި ހުރުމުން އެ ތުއްތު ކުއްޖާއަށް، މީގެ ކުރިންވެސް ސިއްހީ މައްސަލަތައް ދިމާވެއެވެ. "އަބަދުވެސް ކިނބިހި އަޅާނެ" ކޮވިޑް-19 ގެ ބަލީގައި މިއަދު ނިޔާވި ދެ މަހުގެ ތުއްތު ކުއްޖާގެ މަންމަ "ވަގުތު"އަށް އެ ކުއްޖާގެ ހާލަތު ކިޔައިދޭން ފެށިއެވެ. އެ ކުއްޖާއަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ މާލެ ގެނައި ފަހުންނެވެ. ނ. މަނަދޫއަށް އުފަން އެ ކުއްޖާގެ މަންމައާއި އޭނާގެ ފިރިމީހާ ވެސް ކޮވިޑް ފައްސިވެފައިވެއެވެ. މާލެ ގެނެސް އެންމެ ފުރަތަމަ ފަރުވާ ދިނީ ދަރުމަވަންތަ…