(ހއ. ކެލާ) ރާއްޖޭގެ އިސްލާމީ ރިސާލަތު ރަމްޒުކޮށްދެނީ ދިވެހިންގެ ޗާލު ފަހި މިސްކިތަކުންނެވެ. އެތައް ޒަމާންތަކަކަށް ފަތުރާލާފައިވާ ދިވެހިންގެ ގަދީމީ އިސްލާމީ ތާރީހުގެ ދިލާސާ އަކީ މި މިސްކިތްތަކާއި ގަބުރުސްތާނެވެ. އެފަދަ ތަންތަނަކީ ދިވެހިންގެ ދީނާއި އަގީދާގެ ރަމްޒަކަށް ވުމުގެ އިތުރުން ދިވެހިންގެ ކުޅަދާނަ ފަންނުވެރިކަމާއި، މަސައްކަތްތެރި މޭސްތިރީންގެ ނަމޫނާއަކަށްވެސް ފުދޭ ތަންތަނެވެ. ޒަމާންވީ މުސްކުޅި މިސްކިތްތަކުން ފެންނާން ހުރި އާރުހުރި މަސައްކަތްތަކުގެ ސަހަރޯވެރިންނަކީ މިއަދުގެ ޖީލުތަކެވެ. ކާބަފައިން ދިވެހި ފަސްގަނޑަށް ދޫކޮށްދިޔަ ކޮންމެ ފަހުނިކަމަކީ ދިވެހި ތާރީހުގެ ހަޒާނާއަށް އިތުރުވި ބޮޅެކެވެ. މަހާނަގާތަކާއި، މިސްކިތްތަކުގައި ހިރިގަލާއި ވަކަރުގައި ކުރަހާ، ކަނޑާ ނަގާފައި ހުރި ކުރެހުންތަކަކީ ގަދީމީ ދިވެހިންގެ މަސައްކަތްތެރިކަން ހާމަކޮށްދޭ ބަހާއެކެވެ. ދިވެހި ކޮންމެ…