ރަށުގެ ގޮނޑުދޮށާ ދިމާލު މާ ދުރު ނޫން ހިސާބެއްގައި ހުރި މަންތާ ގެސްޓްހައުސް އަށް ވަދެގެން އައިއިރު، ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ގޯތިތެރޭގެ ފުރިހަމަ ކަމުންނެވެ. ދޮރު ހުޅުވާލާފައި ވަތް އިރު އަރިމަތިން ފެންނަނީ ރިސެޕްޝަނެވެ. ކުރިމަތީގައި ހުރީ ޗުއްޓީ ހޭދަކުރުމަށް އެތަނަށް އަންނަ މީހުންނަށް ހާއްސަ ކޮޓަރިތަކެވެ. އެއީ އަށް ކޮޓަރިއެވެ. ގެސްޓްހައުސްގެ ރެސްޓޯރަންޓު ބައި ވެސް ބޮޑުވެފައި ނިކަން ޗާލެވެ. ކުރުކޮށް ބުނާ ނަމަ، މަންތާ ގެސްޓްހައުސް މުޅިން ބިނާވެފައި އޮތީ ދިވެހިވަންތަ ގޮތަކަށެވެ. ހުދު ދޮންވެލިން ޒީނަތްތެރިކޮށްފައިވާ ގެސްޓްހައުސް ހަދާފައި ވަނީ ބޮޑަށް ލަކުޑި ބޭނުންކޮށްގެންނެވެ. އުނދޯލި އާއި ޖޯލިން އެތަން އިތުރަށް ފުރިހަމަކޮށްދެއެވެ. މި އަހަރުގެ ޖުލައި 26…