ރާއްޖޭގައި އަނިޔާވެރި މަރުތައް މަދެއް ނޫނެވެ. ކުޑަކުއްޖެއް ޒުވާނެއް، އުމުރުން ދުވަސްވީ މީހެއް ނެތި އެތައް ގަތުލެއް ރާއްޖޭގައި ހިންގައިފިއެވެ. 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގައި އަޒްލީނާ ނަފީސް މަރާލި ފަހުން ރާއްޖޭގައި ފާއިތުވި 20 އަހަރު ތެރޭގައި ހިންގި ގަތުލްތަކުގެ އަދަދު 70 އަށްވުރެ މައްޗަށް އަރައެވެ. ނަމަވެސް ބުރާސްފަތި ދުވަހު ގައުމު ސިއްސުވާލި އދ.ދަނގެތީ މަހުމޫދު އަބޫބަކުރުގެ މަރުގެ އަނިޔާވެރިކަން މީގެ ކުރިން ހިނގާފައިވާ މަރުތަކަށް ވުރެ ބޮޑޭ ބުނުން އެއީ ގޯހަކަށް ނުވާނެއެވެ. މަހުމޫދު މަރާލުމަށް ފަހު އޮތީ ވަޅެއްގެ ތެރެއަށް ވައްޓާލާފައެވެ. އެއީ ހަށިގަނޑު ގޯންޏަކަށް ވެސް ލުމަށް ފަހުއެވެ. މަހުމޫދު ނިޔާވެފައި އޮއްވާ ފެނުނުތާ ދެވަނަ…