"ވީޓީވީ ހަމީދު" އޭ ބުނުމުން ނޭނގޭ މީހަކު މަދުވާނެއެވެ. ނޫސްވެރިކަމާއި ހުށަހެޅުންތެރިކަމުގައި އެއީ ދެ ވަނައެއް ނެތް މިސާލެކެވެ. އަޑުގެ ރީތިކަމާއި، ޕްރެޒެންޓް ކުރުމުގެ ކުޅަދާނަ ކަން ދައްކުވައިދެނީ އަމިއްލަ ޚާއްސަ އުކުޅުތަކެއްގައެވެ. އެ ގޮތުގައި ދެގޮތެއް ނުވެ ރިޕޯޓުތައް ހުށަހެޅުމާއި، ރައްޔިތުންނަށް ހަބަރުތައް ފޯރުކޮށްދިނުމުގައި ފަސް އެނބުރި ބެލުމެއް ނެތި އަދިވެސް އޭނާ ދަނީ ކުރިއަށެވެ. އުމުރުން 30 އަހަރުގެ ހއ. ތަކަންދޫއަށް އުފަން އަހުމަދު ހަމީދު އާދަމް (ވަޖޭ) އަކީ ހަމައެކަނި ކުޅަދާނަ ޕްރެޒެންޓަރެއް އަދި ނޫސްވެރިއެއް ނޫންކަން އޭނާގެ ޓިކްޓޮކް އެކައުންޓް ބަލާލުމުން އެނގެއެވެ. ހަމީދުގެ ރީތި އަޑުގެ ޖާދޫ ހިނގަނީ ހަމައެކަނި ޚަބަރު ކިޔުމާއި ރިޕޯޓް ހުށަހެޅުމުގައެއް ނޫނެވެ. ލަވަ…