މީހެއްގެ މަރު އައިސް ޖެހޭނެ ވަގުތެއް ނޭނގޭނެއެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަނިކޮށް ވެސް މަރު އަތުވެދާނެއެވެ. ނޫނީ މަސައްކަތެއްގައި މަޝްއޫލުވެ އުޅެނިކޮށް ވެސް މަރު އަތުވެދާނެއެވެ. އެކަން ވާނެ ވަގުތެއް، ވާނެ ތަނެއް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގޭނެއެވެ. މިއީ ވެސް ކުއްލި މަރެކެވެ. މިއީ އެތައް ބަޔަކަށް ހިތާމަވެރި ހަބަރެކެވެ. ރަހުމަތްތެރިންނާ ގުޅިގެން އުޅޭ އެކުވެރި ހިތްހެޔޮ ޒުވާނެއްގެ މަރެވެ. މިއީ އިންޑިއާގައި ޓްރެއިނިން ހަދަމުން ދަނިކޮށް ނިޔާވި އއ. ހިމަންދޫ އަށް އުފަން އުމުރުން 22 އަހަރުގެ މުހައްމަދު ސުލްތާން އިބްރާހިމްގެ ކުއްލި ވަކި ވުމުގެ ވާހަކައެވެ. ލާންސް ކޯޕްރަލް ރޭންކުގެ ސުލްތާނަކީ މާލޭގައި ހުންނަ އަހުމަދިއްޔާ ސްކޫލު ނިންމި ގޮތަށް…