(ހއ. މޮޅަދޫ) ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަކީ މުޅި ހއ. އަތޮޅަށް ނަޒަރު ހިންގާލާއިރު ވެސް އެންމެ ތަފާތު، އެންމެ ޗާލު އެއް ރަށެވެ. ގުދުރަތީގޮތުން މުއްސަނދި ބިން ބޮޑު، ނަމަވެސް ނިސްބަތުން އެންމެ އާބާދީ ކުޑަ އެއް ރަށެވެ. މަސައްކަތްތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަ ރައްޔިތަކު ސާދާ ދިރިއުޅުމެއް ވޭތުކުރަމުން އަންނަ، މީގެ ކުރިން ގިނަ ބަޔަކު ދިރިއުޅުނު، މުއްސަނދި ދިގު ތާރީޚެއް އޮތް ރަށެކެވެ. ރަށުގެ ވަށައިގެން ފެންނަ ނަލަކަމާއެކު، ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތަކާއި ރުއްތައް ފަހަނައަޅައި މީހުން ދިރިއުޅޭ ހިސާބަށްދާއިރު އަދިވެސް ފެންނަ ހިތްގައިމު ކަމަކީ ދިވެހީންގެ އެވޭލާ ޒަމާނުގެ ސިފަތައް މުޅީން އެކީ މިރަށުން ގެއްލި ނުގޮސް ހުރި ހުރުމެވެ.…