ފެހި ގާނޫނުއަސާސީގައި މުޒާހަރާ ކުރުމާއި، އިހްތިޖާޖް ކުރުމާއި، ހަޅުތާލު ކުރުމާއި، މަދަނީ ބަސް ނޭހުމުގެ ހައްގުތައް ދިން ފަހުން، ގިނަ މުޒާހަރާތަކެއް ކޮށްފައި އޮތީ ވެސް ހަމަ އިންސާފު ނުލިބެގެނެވެ. ސިޔާސީ ޕާޓީއަކަށް ވިޔަސް، ޖަމިއްޔާއަކަށް ވިޔަސް މި ކަމުގައި މުޒާހަރާ ކޮށްފައިވެއެވެ. "އިންސާފުގެ ދަތުރު" ގައި ބަޔަކު ނުކުމެ އެ ބަޔެއްގެ ވެރިކަން ގާއިމްވި ފަހުން "އިންސާފު ހޯދަން" ވެސް ބަޔަކު މަގުމައްޗަށް ނުކުތީއެވެ. އެހެންވިޔަސް "ސުލްހަވެރި ސިޔާސީ ހަރަކާތް" ނަމުގައި ބާއްވާ އެއްވުންތަކާއި މުޒާހަރަކާތަކުގައި އާންމުންނާއި ފުލުހުންގެ ކުރިމަތިލުން އެއީ ވަރަށް އާންމު މަންޒަރަކަށް ވެފައި އޮވެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ފިޔަވަޅުތައް ހަރުކަށި ކޮށްލި ދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމްއާއި…