މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް އާއްމުވެފައި އޮތް ބޮޑު މައްސަލައެކެވެ. އެފަދަ އެތައް މައްސަލައެއްގެ ޚަބަރު ކޮންމެ ދުވަހަކު ވެސް އިވެމުން ދެއެވެ. އެފަަދަ އެތައް ފޯނު ކޯލެއްގެ ރެކޯޑިން ކޮންމެ ދުވަހަކު މީސް މީޑިއާ އިން ފެނެއެވެ. އަޑުއިވެއެވެ. ޔަގީނުން ވެސް މިފަދަ އެތައް މައްސަލައެއް ކޮންމެ ދުވަހަކު ފުލުހުންނަށް ރިޕޯޓް ވެސް ކުރެވެމުން ދާނެއެވެ. ނަމަވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ނުހުއްޓުވެއެވެ. މިފަދަ މައްސަލަތައް ނުހުއްޓޭ އެއް ސަބަބަކީ ވިސްނައި ނުލައި އަޅުގަނޑުމެންނަށް ވެސް ކުރެވޭ ބައެއް ކަންތައްތަކެވެ. އެގޮތައް ކަންތައް ކުރެވެން މެދުވެރިވާ ސަބަބުތައް ވެސް އެބަހުއްޓެވެ. މަކަރާއި ހީލަތުން ފައިސާ ހޯދަން…