މއ.ހިއްތަލަވިލާ އިން އެއް އަޑަކަށް އިވެނީ ހުނުމުގެ އަޑެވެ. މުޅި ގޭތެރެގައި ގުގުމާލާފައި ވަނީ ސަކަރާތާއި، ސަމާސާގެ ރާގެވެ. އެއްވާނަކަށް ގޭގައި ހިއްޕާލާފައި ވަނީ އުފާވެރި އިހުސާސްތަކުން ފުރިގެންވާ ޖަޒުބާތީ އަޑުތަކެވެ. އެ ސަކަރާތާއި މަޖަލަށް ފުރިހަމަކަމެއް ގެނެސްދިނީ 4 ބެއިންގެ ޖާޒުބީ އަޑުން ކިޔަމުން ދިޔަ މިއުޒިކީ ލަވަތަކެވެ. އެ ހަތަރުބެއިންގެ ނަމަކީ މިހާރު ދިވެހިންނަށް އާ ނަންތަކެއް ނޫނެވެ. އެއީ ޒަކިއްޓެ އާއި އަމާން އާއި ނާނަ އަދި ކޮކީގެ އަޑުން ގަތަމުން ދިޔަ ރީތި ލަވަތަކެވެ. މި މިއުޒިކީ އާއިލާ ކުރިފޯދި ހެދިގެން އައީ މި ސަކަރާތާއި މަޖަލުގެ ތެރެއިންނެވެ. މއ.ހިއްތަލަވިލާ އިން އުފެދިގެން އައި ފަންނާނުންގެ ކުރިބޯށީގެ ވަސްމީރު ބަގީޗާގެ…