2017 ވަނަ އަހަރު ދައުލަތު މީޑިއާ (ޕީއެސްއެމް)އިން ގެނެސްދިން ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން ދެއަކުން އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެއް ލަވަކިއުންތެރިއަކީ އިބްރާހިމް ވަހީދު އާންމު ނަމުން ނަމަ "ބޮޑުބެ" އެވެ. ގަދަ ފަހަކާއި ހަމައަށް ހިިތްވަރުން ވާސިލުވުމަށް ފަހު ކަޓައިގެން ޝޯވ ދޫކޮށް ދިޔައީ އެންމެން ހެއްވާލާފައެވެ. އެއީ އެ ޝޯވގެ އޮޑިޝަނަށް ދިއުމުން ޖަޖް ކުޑައިއްބެ ބުނިި ފަދަ "ސަޅި" މީހެކެވެ. ލަވަކިއުމަށް ކުޅަދާނަ ރަން އަޑެއްގެ ވެރިއެކެވެ. އަދި އެހާމެ މޮޅު ގިޓަރިސްޓެއްވެސް މެއެވެ. ބޮޑުބެ އެންމެ ފުރަތަމަ ލަވަ އާއި މިއުޒިކުގެ ދާއިރާއަށް ވަދެގެން އައީ އޭނާގެ ސްކޫލް ދައުރުގައެވެ. ކިޔެވުމަށްޓަކައި އުފަން ރަށް…