މެރޫން 5
ފަންވަތް:Infobox musical artist/tracking
ކެލިފޯރނިޔާގެ ލޮސްއެންޖެލިސް އަށް އުފަން މެރޫން 5 އަކީ ދުނިޔޭގެ މަޝްހޫރުކަން ހޯދުމަށްފަހު ގްރެމީ އެވޯރޑް ކާމިޔާބުކޮށްފައިވާ ބޭންޑެކެވެ. އަދި މިބޭންޑުވަނީ މިބޭންޑުގެ އަލްބަމް ސޯންގސް އަބައުޓް ޖޭން އަލްބަމަށް އިތުރު ކާމިޔާބީ ތަކެއް ހޯދާފައެވެ. މިއަލްބަމް ރިލީޒް ކުރެވިފައިވަނީ 2002 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިއަލްބަމް ވަނީ ދުނިޔޭގެ ޗާރޓުތަކުގައި ރަނގަޅު މަގާމައް ހޯދާފައެވެ. އެއަށްފަހު މިބޭންޑު ނެރެފައިވަނީ 1.22.03 އެކޯސްޓިކް އަލްބަމެވެ. މިއަލްބަމްގައި ހިމެނިފައިވަނީ ސޯންގސް އަބައުޓް ޖޭން އަލްބަމްގެ ލަވަތަކެވެ. އެހެންނަމަވެސް ލަވަތައް ކުޅެވިފައިވަނީ އެހެން ގޮތަކަށެވެ. މިއަލްބަމްވެސް ވަނީ ދުނިޔޭގެ ޗާރޓުތަކުގައި ރަނގަޅު މަގާމެއް ހާސިލްކޮށްފައެވެ. މިބޭންޑް ވަނީ 2005 ވަނަ އަހަރު ބެސްޓް ނިއު އާރޓިސްޓައް ދެވޭ ގްރެމީ އެވޯރޑް ހާސިލްކޮށްފައެވެ. 2005ވަނަ އަހަރުގެ ފަހުކޮޅު މިބޭންޑު ވަނީ އެހެން އަލްބަމެއް ރިލީޒް ކޮށްފައެވެ. އެއީ ލައިވް - ފްރައިޑޭއި ދަ ތާރޓީންތް އެވެ. މިއަލްބަމް ރިކޯރޑު ކުރެވުނީ ކެލިފޯރނިޔާގެ ސަންޓާ ބަރބަރާގައި 2005 ވަނަ އަހަރުގެ މޭއި 13 ވަނަ ދުވަހުއެވެ. މިއަލްބަމް ރިލީޒް ކުރެވުމުން މިބޭންޑަށް އިތުރު ކާމިޔާބީ އެއް ލިބުނެވެ. އެއީ 2006 ވަނަ އަހަރު ބެސްޓް ޕޮޕް ޕާރފޯމެންސް ބައި އަ ޑުއޯ އޯރ ގްރޫޕް ވިތް ވޯކަލް އަށް ދެވޭ ގްރެމީ އެވޯރޑް ބޭންޑަށް ލިބުމެވެ.
މިބޭންޑުގެ ތާރީހު[އުނިއިތުރު ގެންނަވާ]
ބޭންޑު އުފެދިގެން އައި ގޮތް[އުނިއިތުރު ގެންނަވާ]
ސޯންގސް އަބައުޓް ޖޭން[އުނިއިތުރު ގެންނަވާ]
ހެއްވާ މަޖާ[އުނިއިތުރު ގެންނަވާ]
ބައެއް ކޮމެޑީ ޝޯވ ތަކުގައި މެރޫން 5 ވަނީ މޮރޯން 5 ގެ ގޮތުގައި ބެލެވިފައެވެ. ދިވެހި ބަހުން މޮރޯން ގެ މާނައަކީ ނުވިސް ނުމެވެ. ނުވަތަ ނުވިސްނޭ މީހާ އެވެ.
ޑިސްކޯގްރަފީ[އުނިއިތުރު ގެންނަވާ]
އަލްބަމްތައް[އުނިއިތުރު ގެންނަވާ]
ސޯންގސް އަބައުޓް ޖޭން (2002ގައި) #1 FRA, #1 UK, #1 AUS, #1 NZ #2 DEN, #6 USA, #6 SWE 1.22.03.އެކޯސްޓިކް
(2004ގައި)#42 USA
އިތުރު ލަވަތައް[އުނިއިތުރު ގެންނަވާ]
އަހަރު | ލަވައިގެ ނަން | އަލްބަމް |
---|---|---|
2000 | "ޓޭކް ވަޓް ޔޫ ވޯންޓް" | |
2004 | "ވުމަން" | ސްޕައިޑަރ މޭން 2 ގެ ސައުންޑް ޓްރެކް |
2004 | "ހެޕީ އެކްސް މަސް(ވާރ އިޒް އޯވާރ )" | Make Some Noise, Amnesty International |
2004 | "ޕިޔޯރ އިމޭޖިނޭޝަން" | މޭރީ ހޭޑް އަ ލިޓްލް އޭމްޕް |
2005 | "ކާންޓް ސްޓޮޕް" |
ލިބިފައިވާ ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]
- 2005 ވަނަ އަހަރު ބެސްޓް ނިއު އާރޓިސްޓައް ދެވޭ ގްރެމީ އެވޯރޑް
- 2006 ވަނަ އަހަރު ބެސްޓް ޕޮޕް ޕާރފޯމެންސް ބައި އަ ޑުއޯ އޯރ ގްރޫޕް ވިތް ވޯކަލް އަށް ދެވޭ ގްރެމީ އެވޯރޑް (މެރޫން 5 ގެ ދިސް ލަވް ލަވައަށް)