(ފުވައްމުލައް ސިޓީ) މި ސިޓީއަކީ ގުދުުރަތީ ގޮތުން މުއްސަނދި، ފުރިހަމަ ސިޓީއެކެވެ. މި ސިޓީއަށް ލިބިފައިވާ ދޮންވެލި ގަނޑާއި ގޮނޑުދޮށްތައް ނިކަން ހިތްގައިމެވެ. އެކަމަކު، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮވެއެވެ. ފުވައްމުލަކުގެ ގޮނޑުދޮށްތައް ގިރަމުންް އަންނަ މައްސަލައަކީ އެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ. މި މައްސަލަ ދިމާވަމުން އަންނަތާ ފަނަރަ އަހަރަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. މިކަމަށް އެއްވެސް ސަރުކާރަކުން އަދި ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ. މިކަމަށް ހައްލު ހޯދުމަށް އެއްވެސް ފަރާތަކުންް މާބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ އަތިރިމަތީގެ ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ގިރައިގެންް ގޮސްފައެވެ. ރަށް ގިރަން ފެށީ…