ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެމްޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނެވި އިއްޒަތްތެރި މަނިކުފާނެވެ. އެމްޑީޕީގެ ސިޔާސަތަކީ ހަމަހަމަކަމެވެ. އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމުކޮށްދިނުމެވެ. މިއަދަކީ ރައީސް ޞާލިހްގެ ވެރިކަމަށް 610 ވަނަ ދުވަސް ފުރިހަމަވާ ދުވަހެވެ. އެއް އަހަރާއި އަށް މަސް ދުވަސް ރައީސް ޞާލިހްގެ ވެރިކަމުން ފުރިހަމަ ވެގެން ދިޔައީ އެވެ. ހަމަހަމަކަމާއި އިންސާފުގެ ވަކިކޮޅަކަށް ބަރުނުވެ އޮންނަ އެމްޑީޕީގެ ތިލަފަތުން މިއަދު ފެންނަ މަންޒަރު ބަލާލުމަކީ ވަރަށް މުނާސަބު ވަގުތަކަށް މިވަގުތު ވެއްޖެއެވެ. މާދުރަށް ނުގޮސް ފާއިތުވި މަހެއްހާ ދުވަހު ފެނުނު ބައެއް މަންޒަރުތަކަށް ނަޒަރު ހިންގާލާ، ހަމަހަމަކަން ފެންނަ ގޮތް…