ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ފްލެޓް ކޮމިޓީން އިއްޔެ ބުނުމާއި އެކު އަނެއްކާވެސް އެތައް ބަޔަކަށް މިވަނީ ނާއުއްމީދާއި ކުރިމަތިލާން ޖެހިފައެވެ. އަދި ފްލެޓް ކޮމެޓީން ދެއްކީ ހަމަ ހަޤީޤަތުގައި ވެސް ތެދު ވާހަކައެއްތޯ އެތައް ބަޔަކު އަންނަނީ ސުވާލު ވެސް އުފައްދަމުންނެވެ. ފްލެޓް ކޮމެޓީން ދެއްކި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާ ސަބަބަކީ "ހިޔާ މަޝްރޫއު" އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ހައުސިން މިނިސްޓަރު މުހައްމަދު…