ބައެއް ދިވެހިންގެ ހިޔާލު ހުންނަ ގޮތުން ބައެއް މަސައްކަތްތަކަކީ ވަކި ޖިންސަކަށް ހާއްސަ ކުރެވިފައިވާ މަސައްކަތްތަކެވެެ. މަސްވެރިކަމާއި އިންޖިނިއަރުކަމާއި ވަޑާން ކުރުމަކީ އަންހެނުންނަށް ނުކުރެވޭނެ ކަންކަން ކަމަށް ދެކެމުން އައިއެވެ. ހަމަ އެގޮތަށް މުދައްރިސު ކަމާއި ނަރުސް ކަން ފަދަ ކަންކަމަކީ ފިރިހެނުން ކުރުން ވަރަށް ހުތުރު މަސައްކަތްތަކެއް ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ. ޒަމާނަށް އައި ބަދަލާއެކު އަންހެނުންނާއި ފިރިހެނުންނާ އެއް ސަފެއްގައި ފައިހަމަ ކުރަމުންދާ އިރު މީގެކުރިން ފިރިހެނުން ވެސް ފެނިފައި ނުވާ ދާއިރާތަކަކަށް ޒުވާނުން ދަނީ މިހާރު ނުކުންނަމުންނެވެ. އޭގެ ތެރެއިން އެކަކީ ގއ. ކަނޑުހުޅުދު އަށް އުފަން އުުމުރުން 21 އަހަރުގެ އިނާސް ރަަޝީދަކީ ފަހުރުވެރި ނަރުހެކެވެ. ކޮވިޑް-19…