އިސްތިސްޤާ ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ނަމާދު ކުރާނީ ޢީދުނަމާދު ކުރާ ފަދައިންނެވެ. ޤުރުއާން ބާރަށް ކިޔަވާފައެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަންތަކްބީރަށް ފަހު ދުޢާއުލް އިފްތިތާޙުކިޔާފައި ހަތްތަކްބީރު ކިއަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި އެރަކްޢަތަށް ތެދުވާ ތަކްބީރުފިޔަވައި ފަސްތަކްބީރު ކިޔަންވާނެއެވެ. ނަމާދަކާ ނުލައިވެސް އިސްތިސްޤާގެ ދުޢާކުރެވިދާނެއެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މޮޅުގޮތަކީ ނަމާދުކުރުންކަމުގައެވެ.
ފެން ނުލިބި ގިނަ ދުވަސް ވުމުން ކުރާ އިސްތިސްގާ ނަމާދުގެ ފަހުން އެއް ހުތުބާގެ މައްޗަށް އެކުލެވޭ ހުތުބާއެއް އިމާމު ދޭނެއެވެ. އަދި ހުތުބާގައި ﷲއަށް ގިނަގިނައިން އިސްތިޣްފާރު ކޮށް، ފާފަކުރުމުގެ ސުންޕާކަމާއި، އޭގެ ނޭދެވޭ އަސަރާއި، ތައުބާވުމުގެ މުހިއްމުކަން ބަޔާން ކޮށް، ފާފަތަކުން ތައުބާވުމަށް މީސްތަކުންނަށް ނަސޭހަތްތެރިވާނެ އެވެ. އަދި ﷲއަށް ތަގުވާވެރިވެ، ގިނަ ގިނައިން ސަދަގާތް ކުރުމަށްވެސް ނަސޭހަތްތެރިވާނެއެވެ.
ހުތުބާއަށްފަހު ދުއާކުރަންވާނެއެވެ. ދުއާކުރާ އިރު، އަންނަނިވި ކަންކަން ސުންނަތް ވެގެންވެއެވެ.
1- ގިބްލައަށް ކުރިމަތިލުން
2- ހާލަތު ބަދަލުވުމުގެ އުންމީދުގައި ފަސޭހައިން ފުށް ބަދަލު ކޮށްލެވޭ ފޭރާމެއް ގާގައި ވާނަމަ، (މިސާލަކަށް ތާކިހާ، ރުމާ، ފޮށާ، ރިދާ ފަދަ ފޭރާން) އަނެއް ފުށަށް ބަދަލުކޮށްލުން.
3- ސުންނަތުން ވާރިދުވެގެންވާ ދުއާތައް ކުރުން.
4- ދެއަތް އުފުލައިގެން އިބްތިހާލުވެ، ގިނަގިނައިން އިސްތިޣްފާރުކޮށް، ދުއާ ތަކުރާރު ކުރުން.
5- ނިކަމެތިކަން ހާމަވާނޭހެން ފޭރާންއަޅައި ޢާއްމުކޮށް ޒީނަތްތެރިވާ ގޮތާއި ޚިލާފަށް ހެދުން އަޅައި ﷲ
ގެ ޙަޟްރަތަށް ކުއްތަންވެ ނިކަމެތިކަން ހާމަކުރުން. ދުއާކުރުމުގައި މަޑޮމޮޅިކަމާއެކު މާތް ﷲ އަށް
ޚުޝޫޢަތްތެރިވެ، އަދި ދެރަވެ، ނިކަމެތިވެ، އިޚްލާޞްތެރިކަމާއެކ ދުއާ ކުރުން.
ބަޔަކު ގަބޫލްކުރިޔަސް ނުކުރިޔަސް މިވެރިކަމެއް ފެށިފަހުން އަދި ކަންތައްތަކެއް ލައިނުގަންނަ ހަމަ އެންމެދުވަހެއްވެސް އަދި ނުދޭ. "ސުންޕާ"